ފިނިޕޭޖް

ޓެރީ އާއި ބިލީ ކްރޫޑްއަޕް ލޭގެ ގޮތުން ގުޅިފައި

މަޝްހޫރު ރިއަލިޓީ ޝޯ "އެމެރިކާސް ގޮޓް ޓެލަންޓް"ގެ ހޯސްޓް ޓެރީ ކްރޫސް އާއި "ދަ މޯނިން ޝޯ"ގެ އެކްޓާ ބިލީ ކްރޫޑްއަޕް އަލަށް ދިމާވާން ފުރުސަތު ލިބުނީ ޕީބީއެސްގެ "ފައިންޑިން ޔޯ ރޫޓްސް" އެޕިސޯޑެއް ގައެވެ.

މި އެޕިސޯޑުން ހާމަވި ގޮތުގައި ޓެރީ އާއި ބިލީ އަކީ ލޭގެ ގޮތުން ގުޅިފައިވާ ދެމީހުންނެވެ. މިކަންވީ ބޮޑު ހައިރާން ކަމަކަށެވެ. އެއީ ޓެރީ އަކީ ކަޅު ނަސްލުގެ މީހަކަށް ވެފައި ބިލީއަކީ ދޮން ނަސްލުގެ މީހަކަށް ވުމުންނެވެ.

"ޓުޑޭ" ޝޯ އަށް އަރާފައި ޓެރީ ބުނީ ބިލީ އާއި ބިލީގެ 19 އަހަރުގެ ދަރިފުޅު ވިލިއަމްއާ އެކު ހޭދަކުރި ވަގުތަކީ ވަރަށް އުފާވެރި އަދި ހިތްހަމަޖެހޭ ވަގުތުކޮޅެއް ކަމަށެވެ. އަދި ލޭގެ ގޮތުން ބިލީ އާއި އޭނާގެ ގުޅުމުން އޭނާއަށް އިހްސާސްވީ އެއީ އެމެރިކާގެ އަސްލު ކަމަށާއި އިންސާނިއްޔަތާ ގުޅޭގޮތުން އޮތް ބަޔާނެއް ކަމަށެވެ.

"އެންމެނަށްވެސް ހީވާނެ ބިލީ އެއީ ދޮން މީހެއް އަދި އަހަރެންނަކީ ކަޅު މީހެއް ހެން. އެކަމަކު ހަގީގަތަކީ އަހަރުމެން ދެމީހުންނަކީވެސް ލޭގެ ގޮތުން ގުޅިފައިވާ ތިމާގެ ދެ މީހުން،" ޓެރީ ބުންޏެވެ.

ބިލީ ބުނީ އޭނާގެ ދަރިފުޅު ވިލިއަމް އަކީ ޓެރީގެ ބޮޑު ފޭނެއް ކަމަށާއި މިގުޅުމާ އެކު ބިލީއަށް ވުރެ ބޮޑަށް އުފާވާނެ މީހަކު ނުހުންނާނެ ކަމަށެވެ.

ޓެރީއާއި ބިލީ ވަނީ އެ ދެ މީހުންނާ ގުޅޭ ކަންކަމުގައި ވާހަކަ ދައްކާފަ އެވެ. އެގޮތުން ބިލީ އާއި ޓެރީ އުފަންވީ 22 ދުވަހުގެ ތަފާތަކާ އެކުގައި އަދި ދެ މީހުންވެސް ކެރިއާ ފެށީ އެންޓަޓޭންމަންޓް އިންޑަސްޓްރީ ގައެވެ. އަދި ޓެރީގެ ފަހަތު ނަން "ކްރޫސް" އައިސްފައިވަނީ ބިލީގެ ފަހަތު ނަން "ކްރޫޑްއަޕް" އިން ކަމަށް ބުނެ ދެ މީހުންވެސް ވާހަކަ ދެއްކި އެވެ.