އެސްޓީއޯ

އެސްޓީއޯ "މަގޭހިޔާ" ޕްރޮމޯޝަން ކުރިއަށް ދަނީ

ގެދޮރުވެރިންނަށް ހާއްސަކޮށްގެން އެސްޓީއޯ އިން ކުރިއަށްގެންދާ "މަގޭހިޔާ" ޕްރޮމޯޝަން ފަށައިފި އެވެ.

ސަރުކާރު އަދި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ އެކި ހައުސިން މަޝްރޫއުގެ ދަށުން ގެދޮރު ލިބޭ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "މަގޭހިޔާ" ޕްރޮމޯޝަން މި އަހަރު ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިދިޔަ ދެ އަހަރުވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ގައެވެ.

މި ޕްރޮމޯޝަންގައި 15،000 ރުފިޔާ އިން ފެށިގެން 25،000 ރުފިޔާއާ ދެމެދުގެ މުދަލުން 12 ޕަސެންޓުގެ ޑިސްކައުންޓެއް އަދި 25،000 ރުފިޔާ އިން ފެށިގެން 35،000އާ ދެމެދުގެ މުދަލުން 15 ޕަސެންޓް ޑިސްކައުންޓު ލިބެ އެވެ. އަދި 35،000 ރުފިޔާ އިން މަތީ ކޮންމެ މުދަލަކުން 18 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ މި ޕެކޭޖްތަކަށް ނަން ދީފައިވަނީ ރިހި، ރަން އަދި ހުދުރަނުގެ ނަމުގައެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމް ތަކަށް ހޭދަކުރާ ކޮންމެ 5,000 ރުފިޔާއަކަށް ކޫޕަނެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެހެން ޕްރޮމޯޝަންތަކާ ޚިލާފަށް މޯލްޑިވްސް އިސްލާމިކް ބޭންކް، ބީއެމްއެލް އިސްލާމިކް އަދި އެމްއެފްއެލްސީއާއި، އެސްޓިއޯ ކްރެޑިޓް ސްކީމު މެދުވެރިކޮށް މުދާ ނަގާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވެ އެވެ.

މި ޕްރޮމޯޝަންގައި ކަސްޓާމަރުންނަށް ލިބިފައިވާ ފުލެޓްގެ މައުލޫމަތު އަދި އައިޑީ ކާޑު ބޭނުން ވާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.