މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހަކަށް ހަމަލާ ދިން މީހަކު ހޯދަނީ

Jun 7, 2023

ހުޅުމާލޭގައި މިދިޔަ މަހު ފުލުހަކަށް ހަމަލާ ދިން މީހަކަށް ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ފޮޓޯއާއި ވަނަވަރު އާންމުކޮށް، ހޯދަން އިއުލާންކޮށްފައިވަނީ ޏ. ފުވައްމުލައް / ދަޑިމަގު ބޭރެފީށި، މުހައްމަދު އަންސާމް އިބްރާހީމް (23އ) އެވެ.

ފުލުހުން ބުނީ އަންސާމް ހޯދަނީ ހުޅުމާލޭގައި މިދިޔަ މެއި 21 ވަނަ ދުވަހުގެ ވަގުތެއްގައި ބަޔަކު ބައިވެރިވެގެން ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށް ކަމަށެވެ.

ފުލުސް މީހާއަށް ހަމަލާދިނުމުގެ ތުހުމަތުގައި މީގެކުރިން ވަނީ ހަތަރު މީހުން ހައްޔަރުކޮށްފަ އެވެ.

ފުލުހުން ވަނީ އަންސާމްގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.