މޯލްޑިވްސް ޕޮލިސް ސާވިސް

ކަނޑުން ފެނުނީ ޗައިނާ މީހެއްގެ ހަށިގަނޑު: ޕޮލިސް

ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ދިމާލު ކަނޑުގެ ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނު މީހަކީ އުމުރުން 34 އަހަރުގެ ޗައިނާ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

މި މީހާގެ ހަށިގަނޑު މިދިޔަ އަންގާރަ ދުވަހު ކަނޑުން ފެނުމާ ގުޅިގެން އެއީ ކާކުކަން ވަކިކުރަން ނޭނގޭތީ ފުލުހުން އެ ދުވަހު ވަނީ އެމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.

ފުލުހުން މިއަދު ބުނީ މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ސައުދީގެ ބިންލާދިން ގުރޫޕުން ރާއްޖޭގައި ކުރާ މަސައްކަތްތަކުގައި ބައިވެރިވާ ޗައިނާގެ ރައްޔިތެއް ކަމަށެވެ

ފުލުހުން މިދިޔަ އަންގާރަ ދުވަހު ބުނި ގޮތުގައި މި މީހާގެ ހަށިގަނޑު ފެނުނުއިރު މި މީހާ ލައިގެން އޮތީ ގިރުވާނުލީ އަތްކުރު ކަޅުލުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެކެވެ. އަދި ކަޅުކުލައިގެ ބޫޓަކަށް އަރާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މީހާގެ ހަށިގަނޑު މިހާރު ބާއްވާފައި އޮތީ ގަލޮޅު މޯޗަރީގަ އެވެ.