އޮމޮން

އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ އެވެ.

މިއަހަރުގެ ފިނި މޫސުމާ ދިމާކޮށް މިދަތުރުތައް ފަށާނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

އޮމާންގެ ވެރިރަށް މަސްކަޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ މިދަތުރުތައް ހަފްތާއަކު ހަތަރު ދުވަހު އޮންނާނެ އެވެ.

އޮމާން އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކުގައި ޓިކެޓު އަގަކީ 385 އެމެރިކާ ޑޮލަރެވެ.

އޮމާން އެއާ އިން 2019 ވަނަ އަހަރުވެސް އަދި 2016 ވަނަ އަހަރުވެސް އަދި ފަހުން 2018 ވަނަ އަހަރުވެސް ދަތުރުތަކެއް ކޮށްފައިވެ އެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ގުޅިގެން މިދަތުރުތައް ދެމެހެއްޓެނިވި ގޮތަކަށް ކޮށްފައެއް ނުވެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކުރާ މައުލޫމާތަށް ބަލާއިރު 35 އެއާލައިނެއްގެ ދަތުރުތައް ރާއްޖެއަށް ކުރެ އެވެ.