އާރްޑީސީ

އަމީނީމަގުން ނެގި ގަސްތަކުގެ ބަދަލުގައި އަލަށް 45 ގަސް އިންދައިފި

އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ-- . ފޮޓޯ އަވަސް
0%
0%
0%

އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތުގައި ނެގި ގަސްތަކުގެ ބަދަލުގައި 45 ގަސް އަލަށް އިންދައިފި އެވެ.

އަމީނީމަގު ހެދުމަށް ހަވާލުވެފައިވާ ކުންފުނި -- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީނީމަގު ތަރައްގީ ކުރުމަށް ނެގި ބިޔަ ބޮޑެތި ގަސްތަކުގެ ބަދަލުގައި 45 ގަސް އިންދާފައިވާ ކަަމަށެވެ.

"އަމީނީ މަގުން ނެގުނު ބޮޑެތި ގަސްތައް ކުޑަގިރީގައި އިންދުމަށްފަހު މިހާތަނަށް އަމީނީ މަގުގައި މަގަށް ގެއްލުން ކުޑަ ބާވަތްތަކުގެ 45 ގަސް ވަނީ އިންދިފައި،" މޫކޭ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

އަމީނީމަގު ހެދުމުގެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. މަގުގެ މަސައްކަތް އެއްކޮށް ނިމޭނީ މިއަހަރުގެ ސެޕްޓެމްބަރު ހިސާބުގައި ކަމަށް އާރްޑީސީން ބުނެ އެވެ.

އަމީނީމަގުގެ ފުރަތަމަ ސެގްމެންޓުގައި ތާރު އެޅީ އެމްޓީސީސީންނެވެ. އެއީ ބްރިޖާ ހިސާބުން ސްޓެލްކޯ އިމާރާތާ ހަމައަށެވެ. މާޗު މަހު އެތަން ހުޅުވާލިއިރު އަމީނީ މަގުގެ ބާކީ ބައިގައި ތާރުއަޅާނީ އާރްޑީސީންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345