އަމީނީ މަގު

އަމީނީމަގުގެ މަސައްކަތް ނިންމާ ހުޅުވާލައިފި

މާލޭގެ އަމީނީމަގުގެ މަސައްކަތް ނިންމާ މުޅި މަގު ހުޅުވާލައިފި އެވެ.

އަމީނީމަގުގެ އެންމެ ފަހު ދެ ސެގްމެންޓް 12 އަދި 13 ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

މަގުގެ މި ސެގްމެންޓް ތަރައްގީކޮށްފައިވަނީ ކުރިން ތަރައްގީކުރި ސެގްމެންޓްތަކަށްވުރެ މަގު ފުޅާކޮށެވެ.

ތާރު އަޅައިގެން އަމީނީމަގު ތަރައްގީކުރަން މިދިޔަ ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި ތިނެއް، 2022ގައި 84 މިލިއަން ރުފިޔާ އަށެވެ.

އެ މަސައްކަތް ނިންމަން ދިނީ ހަތް މަސް ދުވަހެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވިފައެއް ނުވެ އެވެ.

ދިގުމިނުގައި 1.7 ކިލޯމީޓަރު ހުންނަ އަމީނީމަގު ތަރައްގީކޮށްފައިވަނީ ސެގްމެންޓްތަކަކަށް ބަހާލައިގެންނެވެ.