އަމީނީ މަގު

އަމީނީމަގުގެ ނުނިމި އޮތްބައިގައި ތާރު އަޅަން ތައްޔާރުވަނީ

އަމީނީމަގުގައި އޭބީސީ ލޭޔަރު އެޅުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އާރްޑީސީ
0%
0%
0%

މާލެ އަމީނީމަގުގެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ތާރުއެޅުމަށް ތައްޔާރުވެއްޖެ އެވެ.

މި މަޝްރޫއުގެ ދަށުން އަމީނީމަގުގައި ހުންނަ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން ފެށިގެން އަމީނީމަގު-ކަނބާއައިސާރަނިހިނގުން ގުޅޭ ސަރަހައްދަށް ހިމެނޭ ބައިގައި ކޭބަލް ވަޅުލުމާއި ޕަންޕް ސްޓޭޝަން ހެދުމުގެ މަސައްކަތް ވަނީ ކޮށް ނިންމާލާފަ އެވެ.

އެ މަޝްރޫއު ކުރިއަށްގެންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން -- އާރްޑީސީން މިހާރު ކުރަމުންދަނީ އެ ސަރަހައްދުގައި ތާރު އެޅުމުގެ ކުރިން އަޅާ އޭބީސީ ލޭޔަރު އެއްވަރުކުރުމުގެ މަސައްކަތާއި ދުވާރުގެ މަސައްކަތެވެ.

އަމީނީމަގުގެ ނުނިމި އޮތް ސެގްމެންޓް 12 އަދި 13 ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އަމީނީމަގުގައި އޭބީސީ ލޭޔަރު އެޅުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އާރްޑީސީ

އަމީނީމަގު ހަދަން މިދިޔަ ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި 3، 2022ގައި 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދިނީ ހަތް މަސް ދުވަހެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވިފައެއް ނުވެ އެވެ.

އަމީނީމަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް އަލުން މަގު ބައްތިތައް ވެސް ދަނީ ހަރުކުރަމުންނެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް މަޝްރޫއުގައި ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345