އާރްޑީސީ

ތާރު އެޅުމަށްފަހު އަމީނީމަގުގެ އިތުރު ބައެއް ހުޅުވާލައިފި

އާރްޑީސީން އަމީނީމަގުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އާރްޑީސީ
0%
0%
0%

މާލޭ އަމީނީމަގު ސްޓެލްކޯ އިމާރާތުން ފެށިގެން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާ ހަމައަށް ތާރު އަޅައި އާންމުންނަށް ހުޅުވާލައިފި އެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ރޭ ބުނީ އަމީނީމަގު ސެގްމެންޓް ފަހެއް -- ސްޓެލްކޯ އިން ފެށިގެން ކޮއިމަލާ ހިނގުމާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މީގެ ކުރިން ވަނީ ސްޓެލްކޯގެ ހެޑް އޮފީހުން ފެށިގެން އަމީނީ މަގުގެ އެންމެ އިރުމަތީކޮޅާ ހަމައަށް ތާރުއަޅާފަ އެވެ. މިބައިގައި ތާރުއެޅީ އެމްޓީސީސީންނެވެ.

މާލޭގެ އަމީނީ މަގު ހަދަން ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި ތިނެއް، 2022ގައި 84 މިލިއަން ރުފިޔާ އަށެވެ.

މަސައްކަތް ނިންމަން ދިނީ ހަތް މަސް ދުވަހެވެ. ނަމަވެސް ކުރިން ކަނޑައެޅި ތާރީހަށް މަސައްކަތް ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަމީނީ މަގުގެ މަސައްކަތް މިހާރު ނިމޭނެ ކަމަށް ބެލެވެނީ މިއަހަރުގެ ސެޕްޓެމްބަރުގަ އެވެ.

އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގު ބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް މަޝްރޫއުގައި ހިމެނެ އެވެ. އަދި އަމީނީ މަގު ހަދާނީ އެ މަގުގައި މިހާރުވެސް ހުރި ފެހިކަން ނުގެއްލޭ ގޮތަށް ކަމަށް އާރްޑީސީން ބުންޏެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކީކޭ

ބިލަބޮންގާ ހަމަޔަށް އަދި ނުހުޅުވާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345