ރާއްޖެ ކުޅިވަރު

ބޮޑު ފުޓްސަލް މުބާރާތަކަށް އުތީމު ތައްޔާރުވަނީ

ޔުނިޓީ ކަޕުގެ ނަމުގައި މި އަހަރު ވެސް ހާއްސަ ފުޓްސަލް މުބާރާތަކަށް ހއ. އުތީމު ތައްޔާރުވާން ފަށައިފި އެވެ.

އެ ރަށުގައި ހުންނަ ސަރުކާރުގެ ހަ މުއައްސަސާއަކުން ބައިވެރިވާ މުބާރާތް އިންތިޒާމް ކުރާނީ އުތީމު ކައުންސިލުންނެވެ.

އަންނަ މަހުގެ 10ގައި ފަށަން ތައްޔާރުވާ މުބާރާތުގައި މި ފަހަރު ވާދަކުރަނީ އުތީމު ކައުންސިލާއި އެ ރަށު ކޯޓާއި ފެނަކަ ކޯޕަރޭޝަނާއި ގާޒީ ބަންޑާރައިންގެ ސްކޫލާއި އުތީމު ބޮޑު ތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ އިތުރުން ސިއްހީ މަރުކަޒުގެ ޓީމެވެ.

"މިއީ އުތީމަށް އަންނަ ކުޑަވަރެއްގެ އީދެއް. މި މުބާރާތުގެ ސަބަބުން ރަށުގެ އެކުވަރިކަން ބަދަހިކޮށްދޭ. ކުދިކުދި ހިތްހަމަނުޖެހުންތައް ވެސް ފިލާދޭ. މުއައްސަސާތަކުގެ ގުޅުން ރަނގަޅުވެ، އެތަންތަނުގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވޭ. މިހެންވެ މިއީ މި ރަށަށް ވަރަށް މުހިންމު މުބާރާތެއް،" ރާއްޖޭގެ އެންމެ ދުވަސްވީ ގެ ކަމަށްވާ އުތީމު ގަނޑުވަރު އެރަށަކަށް ނިސްބަތްވާ އުތީމުގައި މި މުބާރާތް އިންތިޒާމް ކޮމިޓީގެ މެމްބަރަކު ވިދާޅުވި އެވެ.

ކުރީ އަހަރުތަކާ ހިލާފަށް މި ފަހަރުގެ މުބާރާތް ކުލަގަދަ ކުރުމަށް ކައުންސިލުން އަންނަނީ ތައްޔާރުވަމުންނެވެ. އާބާދީގައި ގާތްގަނޑަކަށް ހާހެއްހާ މީހުން އުޅޭ އުތީމަކީ ވަރަށް އެކުވެރިބަޔަކު އުޅޭ ރަށެއްގެ އިތުރުން ކުޅިވަރު ފޯރި ގަދަ ރަށެކެވެ.