ދުނިޔެ

ބޮސްނިއާގެ ޝަރުއީ އިދާރާތަކުގައި ބުރުގާ އެޅުން މަނާކުރުމުން މުޒާހަރާކޮށްފި

ބޮސްނިއާގެ ކޯޓުތަކާއި އެހެނިހެން ޝަރުޢީ އިދާރާތަކުގައި ބުރުގާ އެޅުން މަނާކުރުމުން 2،000 އެއްހާ އަންހެނުން އެކަމާއި ދެކޮޅަށް ވެރިރަށް ސަރަޔޭވޯގައި މުޒާހަރާކޮށް އެއްވުމެއް ބާއްވައިފި އެވެ.

ބޮސްނިއާގެ މަތީ ޖުޑިޝިއަލް ކައުންސިލުން ވަނީ ދީނީ ނިޝާންތައް ގެންގުޅުން މަނާކޮށްފަ އެވެ. އޭގެ ތެރެއިންވސް ބުރުގާ އެޅުން ވަނީ ވަކިން ފާހަގަކޮށްފަ އެވެ.

މި އެއްވުމުގެ ބައިވެރިންވަނީ މަތީ ޖުޑީޝަލް ކައުންސިލުން މި ނިންމި ނިންމުމަކީ މުސްލިމުންގެ ޝަރަފާއި އިއްޒަތަށް އަސި އަމިއްލަ ވަންތަކަމާއި ދެކޮޅަށް ދިން ސީރިޔަސް ހަމަލާއެއް ގޮތަށް ސިފަކޮށްފަ އެވެ.

އަދި ބައިވެރިން ވަނީ އެމީހުންގެ ހިޔާލުތައް ފާޅުކުރުމަށް ބޯޑުތަކެއް ބޭނުންކޮށްފަ އެވެ. މި ބޯޑު ތަކުގައި "ހިޖާބަކީ އަހަރެންގެ ހައްގެއް" ފަދަ އިބާރާތްތައް ބޭނުންކޮށްފައިވެ އެވެ.

ބޮސްނިއާގެ 3.8 މިލިއަން މީހުންގެ އާބާދީގެ 40 ޕަސެންޓް މީހުންނަކީ މުސްލިމުންނެވެ.