ދުނިޔެ

އެމެރިކާގައި ކޮންމެ ދުވަހަކު ވެސް ބަޑިޖަހައި ބަޔަކު މަރާ: ބައިޑަން

އެމެރިކާގައި ބަޑީގެ ހަމަލާތައް އާދަޔާ ޚިލާފަށް އިތުރުވަމުން އަންނަ ކަމަށް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ދުވަހަކު ވެސް، ކޮންމެވެސް ބައެއްގެ ލޯމަތީގައި ބަޑިޖަހައި އެމެރިކާގައި ބަޔަކު މަރަ އެވެ.

ޖޯ ބައިޑަން ވިދާޅުވީ އެމެރިކާގައި ބޮލަށް ބަޑިޖަހައި މަރާހާ ބައެއްގެ ވާހަކަ ނޫސްތަކަށް ނާރާ ކަމަށެވެ. ފަގީރުން ގިނަ ސަރަހައްދު ތަކުގައި، -- ހަމަނުޖެހުން އިތުރު އަވަށްތަކުގައި ބަޑީގެ ހަމަލާތައް އިތުރު ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގައި ބަޑީގެ ވިޔަފާރި އިތުރުވުމަކީ ސިޔާސީ ލީޑަރުންތަކެއް ފަހަތުގައި ތިބެގެން ކުރުވާ ކަމެއް ގޮތުގައި ބައިޑަން ފާހަގަކުރެއްވި އެވެ. އާންމުން ހަތިޔާރު ބޭނުންކުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ހަރުދަނާ ފިޔަވަޅެއް އެޅިފައި ނުވަނީ -- ބައިޑަން ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރުން އެކަމަށް ބޭނުން ނުވާތީ އެވެ.

އެމެރިކާގައި ރައިފަލުގެ ވަކި ވައްތަރުތަކެއް މަނާކުރުވާނެ ކަމަށް ބައިޑަން ހުވާކުރައްވައި ވިދާޅުވި އެވެ. އަދި ފަނާކުރަނިވި ބޭނުންތަކުގައި ބަޑި ބޭނުންކުރާ މީހުން އެ ކުރާ ކުށަށް --- ބަޑި އުފައްދާ ކުންފުނިތައް ޒިންމާކުރުވޭނެ ނިޒާމެއް އެކުލަވާ ލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަޑި އުފައްދާ ކުންފުނިތައް ޒިންމާކުރުވަން ހުރީ ބުރަ މަސައްކަތްތަކެއް ކަމަށް ބައިޑަން ވިދާޅުވި އެވެ. އެމެރިކާގައި ބަޑި ބޭނުންކުރުން ހުއްޓުވުން ވަރަށް އުނދަވާނެ ކަމަށް ވިދާޅުވެ ބައިޑަން ވިދާޅުވީ ބަޑި ބޭނުންކުރުމާ ދެކޮޅަށް ނުކުމެވަޑައި ގަންނަވާއިރު -- ބަދަލުހިފުމަށްޓަކައި ހަފައިގަންނާނެ ގޮތް އަދި އަންދާޒާ ކުރެވިފައި ވެސް ނުވާ ކަމަށެވެ.

އެމެރިކާގައި އާންމުން ބަޑި ބޭނުންކުރަން ދޫކޮށްފައި އޮންނަ ހުއްދަ ބާތިލުކުރެވޭ ގަވާއިދެއް ވެސް މިހާރު އޮވެ އެވެ. އެއީ އެ މީހަކީ އާންމުނަށް ނުރައްކާ ކޮށްފާނެ މިޒާޖެއްގެ މީހެއް ނަމަ އޭނާގެ އަތުގައި އޮންނަ ބަޑި އަތުލައި -- ހުއްދަ ވެސް ބާތިލުކުރެވެ އެވެ.

އެހެން ނަމަވެސް، މި ފަހުން އެމެރިކާގެ ސްކޫލްތަކުގައި ހިންގާފައި ހުރި ބަޑިޖެހުމުގެ ހާދިސާތަކުގައި، މީގެ ކުރިން ދުވަހަކުވެސް އެފަދަ އަމަލެއް ހިންގާފައި ނުވާ މީހުން ވަނީ ބައިވެރިވެފަ އެވެ.

އަދި ބެލެނިވެރިން ގެންގުޅޭ ފިސްތޯލަ އާއި ބަޑި ބޭނުންކޮށްގެން -- އުމުރުގެ ގޮތުން ވަރަށް ހަގު ކުދިން ވެސް ވަނީ ބޮޑެތި ޖަރީމާތައް ހިންގާފަ އެވެ.