ސިފައިންގެ ކަޅުތުއްކަލާ ކޮށީގައި ރޭ ހަވާ އެރުވީ ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކެއްގެ ތެރެއިން ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
މާލެ ސަރަހައްދުގައި ހަވާ އަރުވާނަމަ އާންމުންގެ ސަމާލުކަމަށްޓަކައި ސިފައިންގެއިން ދުރާލައި އެ މައުލޫމާތު ހާމަކުރެ އެވެ.
އެކަމަކު ރޭ ކަޅުތުއްކަލާ ކޮށިން ހަވާ އެރުވިއިރު ކުރިން އަންގާފައެއް ނުވެ އެވެ.
ސިފައިންގެ އިން ބުނީ ރޭ ދިހަ ސިކުންތައް ހަވާ އެރުވީ ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކެއްގެ ތެރޭގައި ހިމެނޭ ފަޔާވޯކް ޑިސްޕްލޭއެއްގައި ކަމަށެވެ.
ހަވާ އެރުވުމުގެ ހުއްދަ ހަމައެކަނި ސިފައިންނަށް އޮންނައިރު މިއީ ވިޔަފާރި އުސޫލުން ސިފައިންގެ އިން ދޭ ހިދުމަތެކެވެ.