ފޮރިން މިނިސްޓްރީ

މިސްރަށް ވިސާ ނުލާ ދެވޭގޮތް ހަމަޖައްސައިފި

މިސްރަށް ދަތުރުކުރާ ދިވެހީންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.

މިސްރަށް އޮން އެރައިވަލް ވިސާ ލިބެން ފެށީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިސްރުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ހަމަޖެހިގެން ދިއުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ހާއްސަ ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

މިސްރަށް ދަތުރުކުރާ ދިވެހީންނަށް އޮން އެރައިވަލް ވިސާ ހަމަޖެހުމާ ގުޅިގެން އެއް ގައުމުން އަނެއް ގައުމަށް 30 ދުވަހުގެ މުއްދަތަށް ވިސާ ނެތި ދަތުރު ކުރެވޭނެ އެވެ.

ފޮރިން މިނިސްޓަރު ކަމާ ޝާހިދު ހަވާލުވެވަޑައިގަތުމަށްފަހު ވަރަށް ގިނަ ގައުމުތަކަށް އޮން އެރައިވަލް ވިސާ ދިވެހިންނަށް ލިބޭނެ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.