ފިނިޕޭޖް

ބްރިއޭން ހައުވީ މަންމައަކަށް ވެއްޖެ

ނެޓްފްލިކްސްގެ "ޖިނީ އެންޑް ޖޯޖިއާ"ގެ އެކްޓްރެސް ބްރިއޭން ހައުވީ މަންމައަކަށް ވެއްޖެ އެވެ.

ބްރިއޭން، 34، މި ހަބަރު ހިއްސާކުރީ ޖޫން 18 ވަނަ ދުވަހު އިންސްތަގްރާމްގައި ހޮސްޕިޓަލް އެނދެއްގެ މަތީގައި އޮށޯވެ އޮވެ އެވެ. ބްރިއޭންގެ ބޭބީ މޭމަތީގައި ބާއްވާފައި އޮތް މަންޒަރު އިންސްތަގްރާމު ފޮޓޯއިން ފެނެ އެވެ.

ކެޕްޝަންގައި ރީނދޫ ކުލައިގެ ހިތުގެ އިމޯޖީއަކާއެކު ބްރިއޭންގެ ދުނިޔެ ވަރަށް ފޮނިވެ ކުޑަ ވެއްޖެ ކަމަށް ބުނެ، ބޭބީއަށް މަރުހަބާ ކިޔާފައިވެ އެވެ.

ބްރިއޭން މާބަނޑުކަމަށް އިއުލާންކުރީ މިދިޔަ މާޗް މަހު އެވެ.

މި ޕޯސްޓާ ގުޅިގެން ގިނަ ފަރާތްތަކުން ތަހުނިޔާ ކިޔަމުންދާއިރު، "ޖިނީ އެންޑް ޖޯޖިއާ"ގެ ކޯސްޓާރުންނާއި އެ ސީރީޒްގައި ބްރިއޭންގެ ދަރިންގެ ރޯލު އަދާކުރާ އެންޓޯނިއާ ޖެންޓްރީ އާއި ޑީސަލް ލާ ޓޮރާކާ ވަނީ އެމީހުންގެ "މަންމަ" އަށް ކުޑަ ޕީޗް ލިބުނު ކަމަށް ބުނެ އުފާ ފާޅުކޮށް މަރުހަބާ ކިޔާފަ އެވެ.

މިއީ ބްރިއޭން އާއި ފިރިމީހާ މެޓް ޒިއަރިންއަށް ލިބުނު ފުރަތަމަ ކުއްޖާ އެވެ. ބްރިއޭން އާއި މެޓް ކައިވެނި ކުރީ 2021 ގައި، ކޯވިޑް-19 އާ ގުޅިގެން ކައިވެނި ލަސްކުރުމަށްފަހު އެވެ.