އެމްޑީޕީ

މެންބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވެރިކަންކުރާ އެމްޑީޕީން މިއަދު ވަކިވެއްޖެ އެވެ.

މެންބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފަ ވަނިކޮށެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވި ސިޓީ ސޯޝަލް މީޑިއާގައި އާންމު ކުރައްވާ އަހުމަދު ރަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުކަމުން މިއަދު ވަކިވެފައިވާ ކަމަށެވެ.

ރައީސް ނަޝީދު އާއި މެންބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވުމުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންގެ މިހާރު އަދަދަކީ 54 އެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ ރަޖިސްޓްރީ ކޮމިޝަނުން އަދި ދޫކޮށްފައެއް ނުވެ އެވެ.