އެސްޓީއޯ

މަކިޓާ ޕްރޮޑަކްޓްތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް

ރާއްޖެއަށް މަކިޓާ ތައާރަފްކުރިތާ 25 އަހަރު ފުރުމާއި މަކިޓާ ޝޯރޫމަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މަކިޓާގެ އުފެއްދުންތަކުގެ ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި އެވެ.

މިއަދުން ފެށިގެން ކުރިއަށް ޖުލައި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު އެވެ.

މި ޕްރޮމޯޝަންގެ ދަށުން ގަންނަ މަކިޓާ އުފެއްދުންތަކުން 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

މަކިޓާ ޝޯރޫމުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާގައި އެ ޝޯރޫމުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ މެއި މަހުގެ ނިޔަލަށް މި ޝޯރޫމުން އެންމެ ގިނައިން ތަކެތި ގަނެފައިވާ ފަސް ފަރާތެއް ފާހަގަކޮށް އެ ފަރާތްތަކަށް ހާއްސަ ހަދިޔާއެއް ވެސް ދީފަ އެވެ.

މީގެ އިތުރުން މިއަދު މަކިޓާ ޝޯރޫމުން ވިޔަފާރިކުރި ކަސްޓަމަރުންގެ ތެރެއިން ކޮންމެ 25 ވަނަ ކަސްޓަމަރަކަށް ހާއްސަ ހަދިޔާއެއް ދީފައިވެ އެވެ.