ރައްޔިތުންގެ މަޖިލިސް

ބޮޑެތި މައްސަލަތަކެއް ހުއްޓާ މަޖިލިސް ޗުއްޓީއަށް

ބޮޑެތި މައްސަލަތަކެއް ހުއްޓާ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިންމާ މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ނުނިމި ހުރި ބޮޑެތި މައްސަލަތަކެއް ހުއްޓާ މަޖިލީހުގެ މި ދައުރު ނިމުނުކަން އިއުލާނު ކުރެއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމުގެ ބަހުސް ނިމުމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ މަޖިލީހުގެ މި ދައުރު ނިމުނުކަން އިއުލާނު ކުރައްވާފަ އެވެ.

މަޖިލީހުގެ ދެވަނަ ދައުރު ނިންމާލާފައި މިވަނީ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުރުމުން އެ ކަންކަމުގައި ގޮތެއް ނިމެންދެން މަޖިލީހުގެ ދައުރު ދަންމާލަން އެމްޑީޕީން އެދިފައިވަނި ކޮށެވެ.

މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތައް

  • މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުން
  • މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
  • މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ
  • ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ
  • ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށީ މޭ 18 ވަނަ ދުވަހު އެވެ. ދެވަނަ ދައުރުގައި 14 ޖަލްސާއެއް ބާއްވާފައިވެ އެވެ.

ޗުއްޓީއަށްފަހު މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އޮގަސްޓް މަހު އެވެ.