ބޮލީވުޑް

ކާޖޮލް ދެކެ ކޯރިއޮގްރާފަރު ސަރޯޖް ޚާން ރުޅި އައި ސަބަބު

ބަތަލާ ކާޖޮލްގެ ވަރަށް ރަނގަޅު ޕްރޮޖެކްޓްތަކެއް ކުރިޔަށް ރިލީޒްވާން އެބަހުއްޓެވެ. އޭގެ ތެރޭގައި "ދަ ޓްރަޔަލް: ޕިޔާރް، ގާނޫނު ދޯކާ" ހިމެނެ އެވެ. އަދި "ލަސްޓް ސްޓޯރީޒް 2"ގައި ވެސް އޭނާ ބައިވެރިވެ އެވެ. "ލަސްޓް ސްޓޯރީޒް 2"ގެ ވަރަށް ފަހުން ރިލީޒްކުރި ޓްރެއިލާއިން ކާޖޮލް ފެނިފައި ވެއެވެ.

ނަމަވެސް ކާޖޮލްގެ ދާދިފަހުން ދިން އިންޓަވިއު އެއްގައި ވަނީ "ލަސްޓް ސްޓޯރީޒް 2"ގައި އޭނާ ކުޅެފައިވާ ކަހަލަ ރޯލުތައް ކުޅެން ވަރަށް އުނދަގޫކަމަށް ބުނެފަ އެވެ. އެއީ ލަދުވެތި މަންޒަރުތައް ހުންނަ ރޯލުތަކަށް ވާތީ އެވެ.
އެގޮތުން "ޔޭ ދިއްލަގީ" ކުޅުނުއިރު އެ ފިލްމުގެ "ހޯޓޯން ޕެ ބަސް ތެރަ ނާމް ހޭ" ލަވައިގެ ކޯރިއޯގްރާފަރު ސަރޯޖް ޚާން ވަރަށް ރުޅިއައި ހާދިސާއެއް ކާޖޮލް ކިޔައިދިނެވެ.

އެ ލަވައިގައި އޭނަށް ޖެހެނީ ވަރަށް 'ސެކްސީ' ވައްތަރުތަކެއް ޖައްސާށެވެ. އޭނާއަށް އެކްޓްކުރަން އެނގުނަސް އެކަހަލަ ވައްތަރުތައް ޖައްސަން ނޭނގޭ ކަމަށާއި ސައިފް އަލީ ޚާނާއެކު އޭނާ ކުޅުނު މި ލަވައިގެ ރިހާސަލް ކުރަމުންދިޔައިރު ކޯރިއޮގްރާފަރު ސަރޯޖް އޭނާ ދެކެ ރުޅިއައީ އެހެންވެ ކަމަށް ކާޖޮލް ބުންޏެވެ.

"ލަވަ ނަގަމުންދިޔައިރު މަށަށާ ސައިފް އަށް އިރުއިރުކޮޅާ ބާރަށް ހީނ ގަނެވި ހިނިގަނޑު ކޮންޓްރޯލްކުރަން އުނދަގޫވެ ސަރޯޖް ވަރަށް ރުޅިގަދަވި. އަދި އަހަރެމެންގެ ގައިގައި ދެންމެ ދެންމެ ޖަހާފާނޭ ހިތަށް އެރި ވަގުތު ވެސް ދިޔަ. ސަރޯޖް ރުޅިއައީ އޭނާ ބޭނުންވި ސީރިއަސްކަން އަހަރެމެންނަށް އެ ލަވައިގައި ނުގެނެވިގެން. އަހަރެމެންނާ ދިމާލަށް ސަރޯޖް ބުނި ބަސްނާހާ ކުދިންތަކެކޭ ތީ،" ހެމުން ހެމުން ކާޖޮލް ބުންޏެވެ.

ނެޓްފްލިކްސް އިން ޖޫން 29، 2023ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ލަސްޓް ސްޓޯރީޒް 2"ގައި ވެސް ކާޖޮލް ކުޅެން ޖެހެނީ ސަރޯޖް އާއެކު ކުޅެން އުނދަގޫވީ ލަވައިގައި ކުޅުނު ކަހަލަ ބައެކެވެ. އެހެންވެ އެ ރޯލު އޭނާއަށް ފަސޭހަ ނޫންކަމަށް ކާޖޮލް ބުންޏެވެ.