ފެމިލީ ކޯޓް

މިއަދުގެ ރީތި ތާރީހުގައި މާލޭގައި 43 ކައިވެނި

މިއަދުގެ ރީތި ތާރީހުގައި މާލޭގައި 43 ކައިވެނިކޮށްފި އެވެ.

އަލަށް ކައިވެނި ކުރާ މީހުން ރީތި ތާރީހުތަކުގައި ކައިވެނިކުރަން މިހާރަކަށް ވަރަށް ބޮޑު އިސްކަމެއްދެ އެވެ.

މިއަދު މިއީ ބައެއް މީހުން ގަބޫލުކުރާ ރީތި ތާރީހެކެވެ. މިއަދު ތާރީހަކީ 23/06/23 އެވެ.

ފެމިލީ ކޯޓުގެ ތަފާސްހިސާބަށް ބަލާއިރު މިއަހަރު އެންމެ ގިނަ މީހުން ކައިވެނި ކުރި ދެވަނަ ދުވަހަކީ ވެސް މިއަދެވެ. އެންމެ ގިނަ މީހުން ކައިވެނިކުރީ އިއްޔެގަ އެވެ. އެއީ 44 ކައިވެންޏެވެ.

މާލޭގައި މިދިޔަ އަހަރު އެންމެ ގިނަ މީހުން ކައިވެނި ކުރީ 22/12/22 ގައެވެ. އެއީ 58 ކައިވެންޏެވެ.