ކިޑްނީ މައްސަލަތަކާހުރެ ބާސެލޯނާގެ ލަޔޮނަލް މެސީ އިއްޔެގެ ފަރިތަކުރުންތައް ކެންސަލްކޮށްފި އެވެ.
މިދިޔަ ޑިސެމްބަރު މަހު ފީފާ ކުލަބު ވޯލްޑް ކަޕުގެ ސެމީ ފައިނަލް މެޗުގެ ކުރިން ވެސް ކިޑްނީގެ މައްސަލަތަކާހުރެ، ބަލިވެ އުޅެން ޖެހުމުން މެސީ އަށް ވަނީ އެ މެޗު ވެސް ގެއްލިފަ އެވެ.
ބާސެލޯނާއިން ނެރުނު ބަޔާނުގައިވަނީ މެސީ މާދަމާ ޓީމުގެ ފަރިތަކުރުންތަކަށް ނުކުންނާނެ ކަމަށެވެ. ސްޕޭނުގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މެސީ ވަނީ އިއްޔެ ހޮސްޕިޓަލަށް ގޮސް ގިނަ އަދަދެއްގެ ޓެސްޓްތައް ހަދައިފަ އެވެ. އަދި މިއަދު ވެސް އޭނާ ކިޑްނީ ޓެސްޓްތައް ހަދާނެ ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.
ފަހަކަށް އައިސް މެސީ އަށް ސިއްހީ ގިނަ މައްސަލަތައް ކުރިމަތިވަމުން އަންނަ އިރު އޭނާ އަކީ ބާސެލޯނާގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނީ އޭނާގެ ޓީމުގައި މެސީ އަކީ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށާއި މެސީގެ ސަބަބުން މުޅި ޓީމަށް ބަދަލު އަންނަ ކަމަށެވެ.