ގެސްޓް ހައުސްތައް

މިއަހަރުގެ މިހާތަނަށް 41 ގެސްޓްހައުސް ހުޅުވައިފި

ހުޅުމާލޭގައި ހުރި ގެސްޓްހައުސްތަކެއް -- ފޮޓޯ: އަވަސް
0%
0%
0%

ފަތުރުވެރި ކަމަށް މިއަހަރުގެ މިހާތަނަށް އަލަށް 41 ގެސްޓުހައުސް ހުޅުވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ހުރީ ރާއްޖޭގައި ހުރީ 865 ގެސްޓްހައުސް އެވެ. އަލަށް ހުޅުވި ގެސްޓްހައުސްތަކާއެކު މިމަހުގެ 21 ނިޔަލަށް ހިންގަމުންދާ ގެސްޓްހައުސްތަކުގެ އަދަދަކީ 906 އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ހުރި ގެސްޓްހައުސްތަކުގައި ފަތުރުވެރިންނަށް 13،992 އެނދު ހުއްޓެވެ.

އަލަށް ހުޅުވި ގެސްޓްހައުސްތަކާއެކު، ގެސްޓްހައުސްތަކުގައި ހުރި އެނދު އަދަދު ވަނީ 14،880 އަށް އިތުރުވެފަ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި 168 ރިސޯޓާއި 158 ސަފާރީ ހިންގަމުންދިޔަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖޭގައި 170 ރިސޯޓާއި 160 ސަފާރީ ދަނީ ހިންގަމުންނެވެ. މިއާއެކު ފަތުރުވެރިންނަށް ހުރި ޖުމްލަ އެނދުގެ އަދަދު ވަނީ 60،908 އަށް އަރާފަ އެވެ. މިދިޔަ އަހަރު ނިމުނުއިރު މި އަދަދު ހުރީ 59،625 ގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910