ދުނިޔެ

މެކްސިކޯގެ ނޫސްވެރިއަކު ގެއްލިއްޖެ

މެކްސިކޯގެ ވެރަކްރޫޒްގައި މަރުގެ ހާދިސާތައް ކަވަ ކުރާ ނޫސްވެރިއަކު ވީނުވީ އެއް ނޭނގި ގެއްލިއްޖެ އެވެ. އެގައުމުގެ ރަސްމީ އިދާރާތަކުން ބުނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ސިފައިންގެ ޔުނީފޯމް އަޅައިގެން ތިބި ބަޔަކު އޭނާ ގެންދިޔަ ފަހުން ހަބަރެއް ނުވާ ކަމަށެވެ.

ފްރީލާންސްކޮށް މަސައްކަތްކުރާ އަނާބިލް ފްލޯރެސް ސަލާޒާ ގެންގޮސްފައިވަނީ އޭނާގެ ގޭގައި ހުއްޓާ ކަމަށްވެ އެވެ. މި މައްސަލަ މިހާރު ތަހުގީގް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މެކްސިކޯ އަކީ ނޫސްވެރިންނަށް އެއްމެ ފުރިހަމަ ރައްކާތެރިކަމެއް ފޯރުކޯށްދެވޭ ގައުމެއް ނޫންކަމަށް ހަބަރުތައް ބުނެ އެވެ. އަދި ހާއްސަކޮށް މެރަޖްރޫޒް އަކީ ނޫސްވެރިންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް ސްޓޭޓެކެވެ. އަދި ވެރަކްރޫޒް ސަރުކާރަކީ މީޑިއާ އާއި ދުރުސަރުކާރެއް ކަމަށްވެ އެވެ.

އެގޮތުން 2010 ވަނަ އަހަރުން ފެށިގެން މިއަހަރާއި ހަމައަށް އެ ސްޓޭޓްގައި 15 ނޫސްވެރިއަކު ވަނީ މަރާލާފަ އެވެ. އަދި 2000 ވަނަ އަހަރުން ފެށިގެން މުޅި މެކްސިކޯއިން ޖުމްލަ 88 ނޫސްވެރިއަކު މަރާލާފައިވެ އެވެ.