ޕީޕީއެމް

ޔާމީނެއް ނޫނޭ ބުނުމުން ޕީޕީއެމް ހިތްހަމަނުޖެހިއްޖެ

ރައީސް މުހައްމަދު ނަޝީދު، ޕީޕީއެމް-ޕީއެންސީ މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވަނީ
0%
0%
0%

އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން ވާދަނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިއްސާ އޮންނަ މަޖައްލާއެއްގައި ޖެހި ސުރުހީ ކުށްވެރިކުރަން ޕީޕީއެމްގެ ސެނެޓް މެންބަރުން ގޮވާލައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނެރުއްވާ ހަފުތާ މަޖައްލާ "އޯޝަން ވީކްލީ"ގެ މި ހަފުތާގެ އަދަދުގައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނީ ރައީސް ނަޝީދު އަދި ރައީސް ޔާމީނެއް ނޫން ކަމަށާއި ނުކުންނަވާނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް ކަމަށެވެ.

މި މައްސަލައިގައި ޕީޕީއެމްގެ ސެނެޓް މެންބަރުން ވަނީ ނުރުހުންފާޅުކޮށް ޕާޓީގެ ލީޑާޝިޕުން މި ލިޔުން ކުށްވެރިކޮށް ބަޔާނެއް ނެރުމަށް ގޮވާލާފަ އެވެ.

މި މައްސަލައިގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލުމާއެކު ޖުލައި 23 ވަނަ ދުވަހު އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނަށް ވަންނާނީ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ހިއްސާ އޮންނަ މަޖައްލާއެއްގައި ޖެހި ސުރުހީއެއްގެ މައްސަލަ ޕީޕީއެމްގައި ހޫނުވެފައިވާއިރު އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި ރައީސް މުހައްމަދު ނަޝީދުގެ އަޑީގައި ހުންނަވައިގެން އުފައްދަން މަސައްކަތް ކުރަމުންދާ "ދަ ޑިމޮކްރެޓްސް" ގުޅިގެން ސިޔާސީ މަސައްކަތް ކުުރުމަށް ރަސްމީ މަޝްވަރާތައް ވަނީ ފަށާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910