ދިރާގާއެކު މި ޗުއްޓީ ދަތުރުތަކުގައި ކޮންމެ ތަނަކަށްވެސް އިންޓަނެޓް ހިފައިގެން ދެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ޗުއްޓީއާ ދިމާކޮށް ދިރާގުން މައި-ފައި ޑިވައިސްއަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށާފައިވާއިރު ދިރާގުން ބުނި ގޮތުގައި ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުން ކޮންމެ ތާކު، ކޮންމެ ވަގުތަކުވެސް މުވާސަލާތީ ގޮތުން ގުޅުވައިދީ އެކަމަށް މަގުފަހިކޮށްދިނުމެވެ.
ދިރާގުން ފެށި ބޮޑު ޗުއްޓީ ސޭލް" ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ހުއާވޭ 4ޖީ މޯބައިލް ވައި-ފައި ޑިވައިސްއެއް ގަންނަ ހުރިހާ ކަސްޓަމަރުންނަށްވެސް 50 ޕަސަންޓުގެ ޑިސްކައުންޓަކާއެކު އެންމެ 594 ރުފިޔާއަށް ޑިވައިސްއެއް ގަނެވޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ގަތްވަނަ ދުވަހުގެ ނިޔަލަށެވެ.
ދިރާގުން ބުނީ މި މުއްދަތާ ހަމައަށް ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާއެކު މި ޑިވައިސް ގަނެވޭނެ ކަމަށެވެ.
ދިރާގުގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދު ވިދާޅުވީ މި ހާއްސަ ޕްރޮމޯޝަނަކީ ހުރިހާ ފަރާތްތަކަށްވެސް މި ޗުއްޓީ މޫސުމުގައި ދަތުރުކުރާއިރު ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކޮށްލާ ހާއްސަ ވަގުތުތަކުގައި ބައިވެރިވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.
ދިރާގުގެ ޑޭޓާ ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.