ފިނިޕޭޖް

ނިކޯލް ޝާޒިންގާ އާއި ތޮމް އެވަންސް އެންގޭޖްވެއްޖެ

ޕުސީކެޓް ޑޯލްސްގެ ލަވަކިޔުންތެރިޔާ އަދި މާސްކްޑް ސިންގާގެ ޖަޖު ނިކޯލް ޝާޒިންގާ އެންގޭޖްވެއްޖެ އެވެ.

ނިކޯލް، 44، އެންގޭޖްވީ ސްކޮޓްލެންޑްގެ ކުރީގެ ރަގްބީ ކުޅުންތެރިޔާ އަދި މިހާރުގެ މޮޑެލް ތޮމް އެވަންސް، 38 އާއެވެ.

މި ހަބަރު ނިކޯލް އާއި ތޮމް ހިއްސާކޮށްފައިވަނީ އިންސްތަގްރާމް ޕޯސްޓްގައި ހިއްސާކުރި ފޮޓޯތަކަކާއި ކެޕްޝަނަކުންނެވެ.

މި ފޮޓޯތަކުގައި ބީޗް ކައިރީ ހުރެ ތޮމް އަގޮޓިއެއް ހިފައިގެން ނިކޯލް ގާތު ކައިވެންޏަށް އެހި މަންޒަރުގެ ފޮޓޯއެއް ހިމެނެ އެވެ.

ނިކޯލް އާއި ތޮމް ދިމާވެފައިވަނީ 2019 ވަނަ އަހަރު ދި އެކްސްފެކްޓާ: ސެލެބްރިޓީ ޝޯއިންނެވެ. މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް އަޑުތަކެއް އެރި ނަމަވެސް، މި ދެލޯބިވެރިން ގުޅުނުކަން ކަށަވަރުކޮށްދިނީ، ރެޑް ކާޕެޓް ޑެބިއުގައި ޖެނުވަރީ 2020 ގައި ގޯލްޑަން ގްލޯބްސް އާފްޓާ ޕާޓީ ގައެވެ.

މީގެ ކުރިން ނިކޯލް ވަނީ ބަލްގޭރިއާގެ ޓެނިސް ކުޅުންތެރިޔާ ގްރިގޯ ޑިމިޓްރޯފް އާއި ފޯމިއުލާ ވަން ރޭސްކާ ޑްރައިވާ ލުވިސް ހެމިލްޓަންއާ އެކު ލޯބީގެ ގުޅުން ބާއްވާފަ އެވެ. އަދި 311ގެ ލަވަކިޔުންތެރިޔާ ނިކް ހެކްސަމްއާ އެންގޭޖްވެސް ވިއެވެ. ތޮމް ވަނީ މީގެ ކުރިން އެކްޓްރެސް ކެލީ ބްރޫކްއާ ލޯބީގެ ގޮތުން ގުޅިފަ އެވެ.