ރައީސް މުހައްމަދު ނަޝީދު

ނަޝީދު ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުން ބުދަ ދުވަހުގެ ރޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
100%
0%
0%

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވާ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއަށް ސޮއިކުރައްވާނެ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރޭ 8:30ގައި ގިޔާސުއްދީން ސްކޫލުގަ އެވެ.

އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިންކަން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އެންގީ އިއްޔެ އެވެ.

ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ނަމާއި ލޯގޯއާއި ނިޝާން ފާސްކުރާނެ ކަމަށް ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުންތަކެއް އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މޭ 21 ވަނަ ދުވަހު އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު ދަ ޑިމޮކްރެޓްސްގެ މެންބާޝިޕް ފޯމު ފުރުމުގެ މަސައްކަތް ޕާޓީ ރަޖިސްޓްރީކުރަން 3،560 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޖޫން ފުރަތަމަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910