ރައީސް މުހައްމަދު ނަޝީދު

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުންނަށް ސަރުކާރުން ހިމާޔަތްދޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
0%
0%
0%

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް އެފަދަ މައްސަލަތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ހިޔާނާތުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދަނިކޮށް ރައީސް ނަޝީދު މިއަދު ވިދާޅުވީ ހިޔާނާތުގެ މައްސަލަތަކަށް ނުފޫޒު ފޯރުވާ އެ މައްސަލަތައް އޮއްވާލާކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މި ދައުރުން ފާހަގަކުރެވޭ ކަމަށެވެ.

"ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް، އެފަދަ މައްސަލަތަކުގައި ފުލުހުން، ޕީޖީ، އަދި ކޯޓުތަކަށް ނުފޫޒު ފޯރުވާ އޮއްވާލާކަން ރައީސް ސޯލިހްގެ މި ދައުރުގައި ވަރަށް ފާހަގަވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިހާރު ފެންމަތިވެފައިވާ އާރްޑީސީގެ ހިޔާނާތުގެ މައްސަލައަކީވެސް އެފަދަ އާންމު ކަމެއްކަމަށް ރައީސް ނަޝިދު ވިދާޅުވި އެވެ.

"މިއީ އެމްޑީޕީގެ ވެރިކަމެއްގައި ލަދުވެރިކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު އާރްޑީސީގެ ފައިސާތަކެއް އެ ކުންފުނީގެ އިސްވެރިއެއްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުންކުރި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. މައްސަލައާއި ގުޅޭ ތަފްސީލް ފުލުހުން ހިއްސާ ނުކުރި ނަމަވެސް އާރްޑީސީއާ ގުޅުންހުރި މައްސަލައެއް ތަހުގީގުކުރަމުންދާ ކަން ޔަގީންކޮށްދެއްވި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ފުލުހުން ތަހުގީގު ކުރަނީ އާރްޑީސީގެ އެކައުންޓްގައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ އެ ކުންފުނީގެ އިސްވެރިއެއްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުންކުރި މައްސަލަ އެކެވެ.

ފުލުހުންގެ ސަމާލުކަމަށް މިމައްސަލަ އައުމާ އެކު މައްސަލަ ތަހުގީގުކުރަނީ ފުލުހުންނާއި މަރުކަޒީ ބޭންކް -- އެމްއެމްއޭގެ ދަށުން ހިންގަމުންދާ ފައިނޭންޝަލް އިންޓެލިޖެން ޔުނިޓު (އެފްއައިޔޫ) ގުޅިގެން ކަމަށް އެނގިފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910