މޯލްޑިވްސް ޕޮލިސް ސާވިސް

ގަވައިދާ ހިލާފަށް އަމީނީ މަގުގައި ޕާކްކޮށްފައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

އަމީނީ މަގުގައި ތާރުއަޅައިގެން ހަދާފައިވާ ބައިގައި ގަވައިދާ ހިލާފަށް އުޅަނދުތަކެއް ޕާކްކޮށްފައި -- ފޮޓޯ: އަވަސް
0%
0%
0%

އަމީނީ މަގުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް މަގުމަތިން ނެގުމަށް ފުލުހުން އަންގައިފި އެވެ.

ފުލުހުން މިއަދު ބުނީ އަމީނީމަގުގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކުކޮށްފައި ހުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި ހިނގާބިނގާވާ މީހުންނަށާއި ދުއްވާ އުޅަނދުފަހަރަށް ދަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެހެންކަމުން 2023 ޖުލައި 6 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ބެލުމަށްފަހު، އަމީނީމަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން،" ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ ވެހިކަލްތައް ނަގާއިރު ދިމާވާ ގެއްލުންތަކަށް ޒިންމާ ނުވާނެ ކަމަށެވެ.

ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު މި މަސައްކަތުގެ އެއްބައި މިހާރު ވަނީ ނިންމާފަ އެވެ.

ތާރުއަޅައިގެން އަމީނީ މަގު ހަދަނީ އުޅަނދުތަކަށް ޕާކް ނުކުރެވޭ ގޮތަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345