އާރްޑީސީ

އާރްޑީސީގެ ބޮޑު ހިޔާނާތާ ގުޅިގެން މޫކޭގެ ރުޅިގަނޑު ރައީސް ޔާމީނަށް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު -- ފޮޓޯ: އަވަސް
25%
25%
50%

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ކޯފާވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވެއްޖެ އެވެ.

ނޫސްތަކުން އާރްޑީސީއާ ގުޅޭ ގޮތުން ގެނެސްފައިވާ ހަބަރުތައް މޫކޭ ވަނީ ދޮގުކޮށްފަ އެވެ.

"ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރަން މިއީ ޔާމިނެއް ނޫން،" މޫކޭ ވިދާޅުވި އެވެ.

އެއް އެކައުންޓުން އަނެއް އެކައުންޓަށް ހިނގާ މުއާމަލާތްތައް ފެންނަން ހުންނާނެ ކަމަށްވެސް މޫކޭ ވިދާޅުވި އެވެ.

އާރްޑީސީގެ ފައިސާތަކެއް އެ ކުންފުނީގެ އިސްވެރިއެއްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުންކުރި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. މައްސަލައާއި ގުޅޭ ތަފްސީލް ފުލުހުން ހިއްސާ ނުކުރި ނަމަވެސް އާރްޑީސީއާ ގުޅުންހުރި މައްސަލައެއް ތަހުގީގުކުރަމުންދާ ކަން ޔަގީންކޮށްދެއްވި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ފުލުހުން ތަހުގީގު ކުރަނީ އާރްޑީސީގެ އެކައުންޓްގައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ އެ ކުންފުނީގެ އިސްވެރިއެއްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުންކުރި މައްސަލަ އެކެވެ.

ފުލުހުންގެ ސަމާލުކަމަށް މިމައްސަލަ އައުމާ އެކު މައްސަލަ ތަހުގީގުކުރަނީ ފުލުހުންނާއި މަރުކަޒީ ބޭންކް -- އެމްއެމްއޭގެ ދަށުން ހިންގަމުންދާ ފައިނޭންޝަލް އިންޓެލިޖެން ޔުނިޓު (އެފްއައިޔޫ) ގުޅިގެން ކަމަށް އެނގިފައިވެ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޗޯރު މީކޭ އިބުރޭ

އޭ ކަލޭ ޔާމީނޭ ކިޔައިގެން ހުރެ، ޅިޔަނާ 2 މީހުން ޕަކަޅާ ތި ކޮށްލަނީ މިލިޔަނުން. ޗޯރު ކަލޭގެ ހުރި ނުބައިކަން ދެކިބަލަ.

އެކްސް

މީނަޔަށް ރައީސް ޔާމިން އާ ކައިވެނި ކުރެވިދާނެ ގޮތެށް ހެދިދާނެ ބާ؟؟؟ ދެރައީ ރައިސް ޔާމިން ވެސް އަދި ދިވެހި ރައްޔިތަކު ވެސް މީ މީހެއްކަމަށް ބަލައި ނުގަންނަ ކަން.....ވަކަރުގެޔަށް އުފަން ވަގެއް ވިއްޔަ...

މޫކޭ ކޮއްކޮ

މޫކޭ އަކީ ވައްކަން ކުރާ މީހެއް، ދެން ބުނޭ ޔާމީންގެ ސަރުކާރުގަ އޭ އާރުޑީސީން ވައްކަން ކޮށްފައިވަނީ.. ލާރި ޔާމީންގެ އެކައުންޓަށޭ ޖަމާވީ.. މަގެއް ހަދަން ނޭގޭ ވިއްޔާ އާއިލީ ވެރިކަން ކުންފުނީގައިވެސް. ޅިޔަނާއި ކޮއްކޮ އާއި ބޭބޭ ހިންގަން ތިބީ އާރުޑީސީގައި

ސުނޭ

ބޮޑު ވަގު މޫކޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345