މޯލްޑިވްސް ޕޮލިސް ސާވިސް

އަމީނީ މަގުގައި މާރާމާރީއެއް ހިންގައިފި

މާރާމާރީ ހިންގި ސަރަހައްދުން ފުލުހުން ގެންދިޔަ ސައިކަލާއި ކުޑަ. -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

އަމީނީ މަގު ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކުރިމަތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

މި މާރާމާރީ ހިންގާފައިވަނީ މިއަދު ހަވީރު 4:10 ހާއިރު އެވެ. މި މާރާމާރީގައި އަނިޔާ ލިބުނު ފިރިހެން މީހާއަށް އައިޖީއެމްއެޗްގެ އެމަޖެންސީގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

އަމީނީ މަގު ގިޔާސުއްދީން ސްކޫލު ބްލޮކް އެއްކޮށް އޮތީ ބަންދު ކޮށްފަ އެވެ. މި ސަރަހައްދުން ސައިކަލަކާއި ކުޑަ އެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

މާރާމާރީ ހިންގި ސަރަހައްދުގައި ހުރި ފިހާރައަކުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ރޭވެސް ބަޔަކު ކަތިވަޅި ކަހަލަ ތޫނު އެއްޗެހިތަކެއް ހިފައިގެން އެ ސަރަހައްދުގައި ދުއްވާފައި އުޅުނެވެ.

މި މާރާމާރީއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345