ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުންގެ ނަމާއި ކުލަތަކާއި ލޯގޯ ފާސްކޮށްފި

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބާއްވާ އެ ޕާޓީގެ ނަމާއި ކުލަތަކާއި ލޯގޯ ފާސްކޮށްފި އެވެ.

މިޖަލްސާގެ ޝަރަފުވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނާއި ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި މިޖަލްސާގައި 500 އަށް ވުރެ ގިނަ ޑިމޮކްރެޓުން ބައިވެރިވި އެވެ.

މިޖަލްސާގައި ރަސްމީ ނަމުގެ ގޮތުގައި ފާސްކުރީ "ދަ ޑިމޮކްރެޓްސް" އެވެ. އާންމު ނަމުގެ ގޮތުގައި ފާސްކުރީ "ޑިމޮކްރެޓްސް" އެވެ.

ޑިމޮކްރެޓުންގެ ލޯގޯގެ ގޮތުގައި އިއްތިފާގުން ފާސްކުރީ އެސްޓްރިކް އެކެވެ. މި ލޯގޯ އިން ރަމްޒުކޮށްދެނީ ދިވެހި ރުކާއި މުރަކަ ކަމަށް ޕާޓީގެ މުއައްސިސް އެވެ.

އެމްޑީޕީގެ ކުރީގެ އިސް މެންބަރުންތަކެއް އިސްކޮށް ތިއްބަވައިގެން އުފައްދާ ދަ ޑިމޮކްރެޓްސްގެ ކުލަތަކުގެ ގޮތުގައި ފާސްކުރީ ހުދު ކުލަ އާއި މަޑު ނޫ (ބޭބީ ބްލޫ) އާއި އަދި ކަޅުކުލަ އެވެ.

މިރޭގެ ޖަލްސާގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި އަދާލަތު ޕާޓީ ބައިވެރިވެފައެއް ނުވެ އެވެ.