ފިނިޕޭޖް

"ނީނާ"ގެ ނުޒޫގެ ތިންވަނަ ލުކް ދައްކާލައިފި

އިލްޔާސް ވަހީދު (އިއްލެ) ޑައިރެކްޓް ކޮށްފައިވާ ދެވަނަ ފިލްމު -- "ނީނާ"ގެ ލީޑް އެކްޓްރެސް ނުޒުހަތު ޝުއައިބް (ނޫޒު)ގެ ތިންވަނަ "ލުކެއް" ދައްކާލައިފި އެވެ.

ނުޒޫގެ ތިންވަނަ ލުކް މިއަދު ދައްކާލިއިރު އޭނާ ހުރީ "ބްރެއިޑް" ހެއާ ސްޓައިލްތައް ހުންނަ ގޮތަށް އިސްތަށިގަނޑު ގަތާލާފަ އެވެ.

ބަވަތި ފިލްމުގެ ޑައިރެކްޓަރު އިއްލެ ބެލުންތެރިންނަން ގެނެސްދޭ ދެވަނަ ފީޗާ ފިލްމު -- ނީނާގެ ލީޑް އެކްޓަރަކީ ޝަރަފް އެވެ.

ނީނާގެ ޕްރޮމޯޝަނަލް ލަވަ "އަލިފާން" ވެސް މިމަހުގެ ދެވަނަ ދުވަހު ވަނީ ނެރެފަ އެވެ. މިސްޓީގެ މިއުޒިކަށް ހަދާފައިވާ މި ލަވަ ކިޔާފައިވަނީ އަންދަލާ ހަލީމު އެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު އޮލިމްޕަހުގައި އަޅުވާ ނީނާ ފިލްމުގެ ޕޯސްޓަރާއި ޓުރެއިލާ ޓީޒާ ވެސް ކުރިން ވަނީ ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ.

"ނީނާ" ފިލްމަކީ ހިއްވަރުގަދަ އަންހެނެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. އެއީ ރުޅިގަދަ އެހެންނަމަވެސް އިންސާފަށް ލޯބިކުރާ މީހެއްގެ ބައި ފެނިގެންދާ ފިލްމެކެވެ.