ހަނިމާދޫ

ޓޫރިޒަމްގެ ބޭނުމަށް ހަނިމާދޫ އިން ބިން ކުއްޔަށް ދެނީ

ހދ. ހަނިމާދޫގެ ޓޫރިޒަމް ޒޯނުގައި ހުރި ބައެއް ބިންތައް ޓޫރިޒަމް ވިޔަފާރިއަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި އެވެ.

ހަނިމާދޫ ކައުންސިލުން ވަނީ 10،000 އަކަފޫޓުގެ ހަތަރު ބިން 40 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމާފަ އެވެ. އަދި 5،000 އަކަފޫޓުގެ އަށް ބިން 30 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވެސް އިއުލާންކޮށްފައިވެ އެވެ.

މި ބިންތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ހަނިމާދޫ ކައުންސިލް އިދާރާ ގައެވެ.

ބިޑް ހުޅުވުން އޮންނާނީ ކުރިއަށް އޮތް އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކައުންސިލް އިދާރާ ގައެވެ.

މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރު ނުވާ ފަރާތްތަކަށާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ކަމަށްވެސް ކައުންސިލް އިދާރާ އިން ބުނެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ފެށުމާ އެކު ހަނިމާދޫ ބިމުގެ އަގު ބޮޑުވެ ބިމުގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށްވެސް ހަނިމާދޫ ކައުންސިލުން ބުނެ އެވެ.