ސޭޝެލްސް

އިބްރާހީމް އަފީފަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި

ސީޝެލްސްގެ މީޑިއާ ކޮމިޝަނުގެ ރައީސް އިބްރާހީމް އަފީފް ސީޝެލްސްގެ ހޮސްޕިޓަލެއްގެ އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

އަފީފް ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ސީޝެލްސްއަށް ވަޑައިގެންނެވުމާ އެކު އެއާޕޯޓުން ސީދާ ހޮސްޕިޓަލަށް ގެންދިއުމަށްފަހު އެވެ.

އިބްރާހީމް އަފީފަކީ ރާއްޖޭގައި ކުރިން ހިންގި ދެކުނު ބަޣާވާތާ އެކު އުފެއްދި ސުވަދީބު ދައުލަތުގެ ވެރިޔާ -- އައްޑު އަތޮޅަށް ނިސްބަތްވާ އަބްދުﷲ އަފީފް ދީދީގެ ދޮށީ ދަރިކަލުންނެވެ. އަފީފްގެ އަނބިކަނބަލުން އަނީސާ އަލީ ދީދީ އަދިވެސް ދުނިޔޭގައި ހުންނެވިއިރު އޭނާ އަކީ ވެސް އައްޑޫ ބޭފުޅެކެވެ.

އިނގިރޭސީންގެ ހިމާޔާތުގައި ރާއްޖެ އޮތް ދުވަސްވަރު އުފެދުނު ސުވަދީބް ދައުލަތް 1963 ވަަނަ އަހަރު އުވިގެން ދިއުމާ އެކު އިނގިރޭސީން ވަނީ އަފީފަށް ހިމާޔަތްދީ ސީޝެލްސް އަށް ގެންދަވާފަ އެވެ. އަފީފް ފަހުން އެތަނުން ހިމާޔަތް ހޯއްދަވައިގެން އެތަނުގެ ވަޒަންވެރިއެއްގެ ގޮތުގައި އަވަހާރަވަންދެން އުޅުއްވީ ސީޝެލްސް ގައެވެ.

ސީޝެލްސްގެ ނައިބް ރައީސްގެ ގޮތުގައި ހުންނެވި އަހްމަދު އަފީފަކީ ވެސް އަފީފްގެ ދަރިކަލެކެވެ.