ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ށ. އަތޮޅަށް

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ށ. އަތޮޅަށް ފުރާވަޑައިގެންފި އެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ށ. ކޮމަންޑޫ، މަރޮށި، ނޫމަރާ އަދި ފޯކައިދޫއަށް ވަޑައިގަންނަވާނެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުއާއެކު ކޯލިޝަން ހެދުމަށް ނިންމާފައިވާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭންގެ ސްލޯގަން އަކީ "އުފާވެރި އަމާންރާއްޖެ" އެވެ.

ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދު ބޮޑު ބައްޔަކުން ބަލިކުރުމަށްފަހު އެވެ.