މީރާ

ކާޓާގެ އަހަރީ ކޮންފަރެންސް ރާއްޖޭގައި މިއަދު ފަށަނީ

ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓާސް (ކާޓާ)ގެ އަހަރީ ކޮންފަރެންސް ރާއްޖޭގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މީގެ ކުރިން ކާޓާގެ 43 އަހަރީ ކޮންފަރެންސް ބާއްވާފައިވާއިރު މިއީ ރާއްޖޭގައި މި ކޮންފަރެންސް ބާއްވާ ފުރަތަމަ އަހަރެވެ.

އަހަރަކު އެއް ފަހަރު ބާއްވާ މި ކޮންފަރެންސް ރާއްޖޭގައި ބާއްވާއިރު މިފަހަރު އިންތިޒާމު ކުރާ ފަރާތަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އެވެ.

ކޮމަންވެލްތުގެ 29 ގައުމަކުން ބައިވެރިވާ މިކޮންފަރެންސް މިއަދުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނީ ވިލާ ގުރޫޕްގެ -- ވިލާ ނޯޓިކާ -- ކުރީގެ ޕެރަޑައިސް ރިސޯޓު ގައެވެ.

ކޮންފަރެންސްގެ މިއަހަރުގެ މައުލޫއަކަށް ހަމަޖައްސާފައިވަނީ ޓެކްސްއާ ގުޅޭ ކަންކަމުގައި ޑޭޓާގެ ދައުރުގެ މުހިއްމުގެ ކަމަށެވެ.

މީރާ އިން މައުލޫމާތު ދޭ ގޮތުގައި މިއަހަރުގެ ކޮންފަރެންސްގައި ޓެކުހާ ބެހޭ ނުވަ މާހިރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ.