އީޕީއޭ

ވެލާ ފަޅައި، ކެއްކި ބަޔަކަށް ބޮޑު ޖޫރިމަނާއެއް

ވެލާ ފަޅައި، ކެއްކި ބަޔަކު 198،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ޖޫރިމަނާ ކުރީ މިކަމުގައި އަމަލީގޮތުން ބައިވެރިވި ފަސް މީހަކާއި އިތުރު ދެ މީހުންނާ އެކު ޖުމްލަ ހަތް މީހެކެވެ.

މި މީހުންގެ ތެރެއިން ކޮންމެ މީހަކު 198،000 ރުފިޔާ އިން ޖޫރިމަނާކޮށް ފައިސާ ދެއްކުމަށް 30 ދުވަސް ދީފައިވާ ކަމަށް އަވަސްއަށް ވަނީ އެނގިފަ އެވެ. ނަމަވެސް ޖޫރިމަނާކުރި ވަކި ދުވަހެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ބ. ކެޔޮދޫގައި މިއަހަރުގެ ފެބްރުއަރީ ތިންވަނަ ދުވަހު ވެލާ ފަޅައި ކައްކަނިކޮށް އަތުލައިގަތް ފަސް މީހުންނަކީ ބ. ކެންދޫ މީހުންނެވެ.

އީޕީއޭ އިން ކުރިން އަވަސް އަށް މައުލޫމާތު ދިން ގޮތުގައި ފުލުހުން އެ ރަށަށް ދިޔައިރު އެ ރަށުގައި ގިނަ އަދަދަކަށް ވެލާ މަސް ހުރި ކަމަށާއި ޖުމުލަ ހަ ވެލާ ފަޅާފައިވެ އެެވެ.

ފުލުހުންނާއި އީޕީއޭގެ އިތުރުން ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީހުގެ މުވައްޒަފުން ވެސް ވަނީ އެ ރަށަށް އަރައި މި މައްސަލަ ތަހުގީގުކޮށް ހެކި ހޯދުމުގައި ހަރަކާތްތެރިވެފަ އެވެ.

ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައި ކަހަނބުގެ ހުރިހާ ބާވަތެއް ރާއްޖޭގައި ވަނީ ހިމާޔަތްކޮށްފަ އެެވެ.