ވިޔަފާރި

މޯލްޑިވިއަން އިން ޗައިނާގެ އިތުރު ސިޓީއަކަށް އުދުހެން ފަށައިފި

Feb 10, 2016
0%
0%
0%
  • މިއީ މޯލްޑިވިއަންއިން އުދުހޭ ޗައިނާގެ ހަތްވަނަ މަންޒިލް
  • ޗައިނާއިން އަންނަ ޓޫރިސްޓުން އިތުރު
  • އިތުރު މަންޒިލްތައް މޯލްޑިވިއަންއިން ދަނީ ބަލަމުން
ފޫޒޯ ސިޓީއަށް ދަތުރުތައް ފެށުމުގެ ގޮތުން އެއާޕޯޓުގައި މިއަދު ބޭއްވި ހަފުލާގެ ތެރެއިން.--އަވަސް ފޮޓޯ: އިބްރާހިމް ޝާބިލް

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޗައިނާގެ ފޫޒޯ ސިޓީއަށް ދަތުރުތައް ފަށައިފި އެވެ.

ޗައިނާގެ ބައިބޯ ސިޓީއެއް ކަމަށްވާ "ފޫޖޯ" އަށް ދަތުރުތައް ފެށުމުގެ ގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ފޫޖޯ ސިޓީން ރާއްޖެއަށް ފުރަތަމަ ފްލައިޓުގެ ޓޫރިސްޓޫންނަށް މަރުހަބާ ކިޔުމުގެ ގޮތުން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ފޫކާން އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދުގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސްވެސް ބައިވެރިވެ ވަޑައިގަތެވެ.

ފޫޒޯ ސިޓީއަށް ދަތުރުތައް ފެށުމުގެ ގޮތުން އެއާޕޯޓުގައި މިއަދު ބޭއްވި ހަފުލާގެ ތެރެއިން.--އަވަސް ފޮޓޯ: އިބްރާހިމް ޝާބިލް

އައިއެންއައިއޭގައި ހުންނަވައި، ވާހަކަ ދައްކަވަމުން ޗައިނާ ސަފީރު ފޫކާން ވިދާޅުވީ މި ދަތުރުތަކުގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށެވެ.

މޯލްޑިވިއަންއިން އުދުހުންތައް ފެށި ފޫޖޯ ޕްރޮވިންސަކީ އެ ގައުމުގެ ފޫޖިއާން ޕްރޮވިންސުގެ ވެރިރަށެވެ. މި ސިޓީގެ އާބާދީއަކީ 2.1 މިލިއަން މީހުންނެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ފޫޖޯއަށް ދަތުރުތައް ފެށުމާއެކު ޗައިނާއަށް އުދުހޭ މަންޒިލްތަކުގެ އަދަދު ވަނީ ހަޔަކަށް އަރާފަ އެވެ. މިސިޓީއަށް މޯލްޑިވިއަންއިން މިވަގުތު ބާއްވަނީ އެއް ފްލައިޓެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910