މޯލްޑިވިއަން

މޯލްޑިވިއަންގެ ދަތުރުތައް ޝަންހާއީއަށް ފަށައިފި

މޯލްޑިވިއަން އިން ގެނައި ވައިޑް-ބޮޑީ ފްލައިޓް -- ފޮޓޯ: މޯލްޑިވިއަން
0%
0%
0%

ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާގެ ޝަންހާއީއަށް ފަށައިފި އެވެ.

މޯލްޑިވިއަންގެ ދަތުރުތައް ޝަންހާއީއަށް ފެށުމުގެ ގޮތުން ފުރަތަމަ ޗެކްއިންވި ފަތުރުވެރިންނަށް ވަނީ މަރުހަބާ ކިޔާފަ އެވެ.

ޗައިނާގެ ޝަންހާއީއަކީ މޯލްޑިވިއަން އިން މި މަހުގެ ހަ ވަނަ ދުވަހު ގެނައި ވައިޑް- ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ފެށި ތިންވަނަ މަންޒިލެވެ.

މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގައި ފުރަތަމަ ދަތުރުތައް މިމަހުގެ 21 ވަނަ ދުވަހު ޗެންޑޫއަށެވެ. އަދި މިމަހުގެ 24 ވަނަ ދުވަހު ބެއިޖިންއަށް ވަނީ ދަތުރުތައް ފަށާފަ އެވެ.

ޗައިނާއަށް ދަތުރުތައް ފަށައި މޯލްޑިވިއަން އިން ވަނީ ޓިކެޓް އަގުހެޔޮ ފެއާއެއްވެސް ފަށާފަ އެވެ. މި ފެއާއިން މާކެޓްގައި ޗައިނާގެ ޓިކެޓް ހުރި އަގަށްވުރެ 30 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ އަގު ހެޔޮ ވާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.

ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910