ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ޗައިނާއަށް ފަށައިފި އެވެ.
އެ ގޮތުން މި ބޯޓުގެ ދަތުރުތައް ފުރަތަމަ ފަށާފައިވަނީ ޗައިނާގެ ޗެންޑޫއަށެވެ.
ޗެންޑޫއަށް ކުރި ފުރަތަމަ ދަތުރުގައި 52 ފަސިންޖަރުން ދަތުރުކޮށްފައިވާއިރު މީގެ ތެރޭގައި 32 ފަތުރުވެރިން ހިމެނެ އެވެ.
ޗައިނާއަށް ދަތުރުތައް ފެށުމުގެ ގޮތުން ވަނީ އަގުހެޔޮ ފެއާއެއް ފަށާފަ އެވެ.
މި ގޮތުން ފެއާއިން މާކެޓްގައި ޗައިނާގެ ޓިކެޓް ހުރި އަގާއި އަޅާބަލާއިރު 30 ޕަސެންޓާއި 50 ޕަސެންޓާއި ދެމެދުގެ އަގު ހެޔޮވާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.
މޯލްޑިވިއަން އިން މިހާރު ޗައިނާއަށް ފްލައިޓްތައް ބާއްވަނީ ހޯމަ، ބުދަ އަދި ހުކުރު ދުވަހު އެވެ.
މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.