ވިޔަފާރި

ވެލާ ރިސޯޓު: ދުނިޔޭގެ އެންމެ ފެންވަރު މަތީ ރިސޯޓުތަކުގެ ލިސްޓަށް

Feb 10, 2016
4
  • ނ. ވެލާއަކީ ރާއްޖޭގައި ހުރި އެންމެ ފުރިހަމައެއް ރިސޯޓު
  • މި ލިސްޓުގައި މަޝްހޫރު ބައެއް ތަންތަން ހިމެނޭ
  • މި ރިސޯޓުގައި 18 މޫދު ވިލާ ހުރޭ

ޓްރެވަލް ޕްލަސް ލެޝާ މަޖައްލާއިން ހޮވާ، ދުނިޔޭގެ އެންމެ ފެންވަރު މަތީ ފަންތީގެ ރިސޯޓުތަކުގެ ލިސްޓުގައި ރާއްޖޭގެ ވެލާ ރިސޯޓު ހިމެނިއްޖެ އެވެ.

ޓޫރިޒަމް ދާއިރާ އާއި އެކި އިންޑަސްޓްރީތަކުން ހޮވާލެވޭ ގިނަ ތަޖުރިބާކާރުން ހިމަނައިގެން "ޓްރެވަލް ޕްލަސް ލެޝާ މަޖައްލާ" އިން ހޮވި ޗުއްޓީ ހޭދަކުރަން އެންމެ ހިތްގައިމު މަންޒިލްތަކުގެ ތެރޭގައި ރާއްޖޭގެ ފަސްތަރީގެ ރިސޯޓެެއް ކަމަށްވާ ވެލާގެ އިތުރުން، ގަސްބޯ ޖަންގަލިތަކުގެ ތެރޭގައި ތަރައްގީކޮށްފައިވާ ރިސޯޓްތައް ވެސް ހިމެނެ އެވެ. އަދި މީގެ އިތުރުން ފިނި މޫސުމުގެ ކުޅިވަރުގައި ބައިވެރިވުމަށް ދާން އެންމެ ހިތްގައިމު "ސްނޯ ރިސޯޓު" ތައްވެސް ހިމެނެ އެވެ. އަދި ހޫނު ހަނަފަސް މާހައުލު ހިމެނޭ ރިސޯޓުތައް ވެސް ހިމެނެ އެވެ. މި ރިސޯޓުތައް ހިމެނޭ ގައުމުތަކުގެ ތެރޭގައި ކެންޔާ އާއި ކެނެޑާ އަދި ޗިޕީ ހިމެނެ އެވެ.

"ޓްރެވަލް ޕްލަސް ލެޝާ މެގަޒިން" އިން ރާއްޖޭގެ ނ. ވެލާ ޕްރައިވެޓް އައިލެންޑް ސިފަކޮށްފައިވަނީ ގުދުރަތީ ރީތިކަމާއި ޓޫރިސްޓުންނަށް އެންމެ ފުރިހަމަ ހިދުމަތް ދޭ ރިސޯޓުގެ ގޮތުގަ އެވެ.

ވެލާ ޕްރައިވެޓް އައިލެންޑަކީ 43 ކޮޓަރި ހިމެނޭ ރިސޯޓެވެ. މި ތަނުގައި ހުރި 18 ކޮޓަރިއަކީ ވިލާގެ ގޮތަށް ރަށާ އެކަހެރިކޮށް ހަދާފައިވާ މޫދު ކޮޓަރިތަކެވެ.