ވިޔަފާރި

ބީއެމްއެލްގެ 27 ވަނަ ބްރާންޗް ނިލަންދޫގައި ހުޅުވައިފި

Jan 25, 2015
3

ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސްގެ 27 ވަނަ ބްރާންޗް ފ. ނިލަންދޫގައި މިއަދު ހުޅުވައިފި އެވެ.

ނިލަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ 27 ވަނަ ބްރާޗް ހުޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މި ބްރާންޗުން ރަމްޒުކޮށްދެނީ އަތޮޅުތެރޭގައި ދެމުން ގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެ ބޭންކުން ކުރަމުން އަންނަ މަސައްކަތް ކަމަށެވެ. އަދި މިފަދަ އިތުރު ބްރާންޗްތައް އަތޮޅުތަކުގެ އެކި ރަށްރަރަށަށް ފުޅާ ކުރުމަކީ އުންމީދު ކުރާ ކަމެއް ކަމަށް ހީލީ ވިދާޅުވި އެވެ. 

"ބޭންކުގެ ހިދުމަތް ނުލިބޭ އާބާދީތަކަށް ބޭންކުގެ ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ލަނޑު ހާސިލް ކުރުމަށް ކުރަމުންދާ މަސައްކަތް. މިހާރު ރާއްޖޭގެ އެންމެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގައި ބޭންކުގެ ބްރާންޗް އެބަހުރި،" ހީލީ ވިދާޅުވި އެވެ.

ބޭންކުން ދަނީ ހިދުމަތް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި 27 ބްރާންޗެއް ހުޅުވާފައިވެ އެވެ. އަދި މީގެ އިތުރުން 64 އޭޓީއެމް އާއި 3000 އަށްވުރެ ގިނަ ޕީއޯއެސް ޓާމިނަލް ބަހައްޓާފައިވެ އެވެ.