އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް ދޮށުގައި އަމަން ބެލެހެއްޓުމަށް ތިބި އޮފިސަރުންތަކަކަށް ފިލަން ދުއްވި ކާރަކުން ޖެހުމުގެ ސަބަބުން -- ދުވާރު މަތިގައި ހިނގާފައި ދިޔަ މީހަކު މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ މެންދުރު އެވެ.
ވައިޓް ހައުސްއާ މާބޮޑަށް ކައިރިކުރަން އުޅުނު ކާރެއްގެ ހަގީގަތް ބެލިއިރު އެއީ ދުވަސް ހަމަވެފައި އޮތް ނަންބަރު ބޯޑެއް ޖަހައިގެން ދުއްވި ކާރެއް ކަމަށް ތަންފީޒީ އިދާރާއިން ބުނެ އެވެ. އަދި ޔުނީފޯމުގައި ތިބި އޮފިސަރުން ކާރު މަޑުކޮށް އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އޭނާ ވަނީ މަދަނީ ސަރަހައްދެއްގައި ދުއްވުން މަނާ ދުވެލީގައި ކާރު ދުއްވާފަ އެވެ.
ދުވާރު މަތިން މީހެއްގެ ގައިގައި ކާރުން ޖެހުނީ އޭނާގެ އަވަސް ހަރަކާތްތައް ސިކުނޑިން ކޮންޓްރޯލް ނުކުރެވިގެންނެވެ. މި ކާރު ދުއްވަން އިން މީހާ ވަނީ ޓްރެފިކް ލައިޓަށް ވެސް ބެލުމެއް ނެތި ފިލަން ދުއްވާފަ އެވެ.
ހަބަރުތައް ބުނާ ގޮތުން ޑްރައިވަރު ވަނީ އެތައް މީހެއްގެ ގައިގައި ޖައްސައި ފިލާފަ އެވެ. އޭނާވީ ތަނެއް އަދި ކާރުވެސް ނުފެންނަ ކަމަށްވެ އެވެ.
ވައިޓް ހައުސް އަކީ މި ބާވަތުގެ ހާދިސާ ވަރަށް ގިނައިން ހިނގާ ސަރަހައްދެކެވެ. ދޭތެރެ ދޭތެރެއިން ހިނގާ މި ބާވަތުގެ ހާދިސާތަކުގައި، ވައިޓް ހައުސްގެ ފާރުމަތިން އެރުމަށްވެސް މީހުން ވަނީ މަސައްކަތްކޮށްފަ އެވެ. އަދި ޑްރޯން ބޭނުންކޮށްގެން ވައިޓް ހައުސްގެ ގޯތިތެރެ ފޮޓޯ ނެގުމާއި -- ޑްރޯނުން އުފުލައި ކުނިވެފައި ހުރި ކާބޯތަކެތިވެސް ވަނީ ވައިޓް ހައުސްގެ ގޯތިތެރެއަށް އުކާފަ އެވެ.
އަންނަ ނާންނަ ތަނެއް ނޭނގި ކުދި މަތިންދާބޯޓުތައް ވެސް ވައިޓް ހައުސްގެ ގޯތިތެރެއަށް ވަނީ ވައްޓާލާފަ އެވެ.
ވައިޓް ހައުސް ދޮށުގައި ފޯރިއަށް ތިބޭ ގާޑުންގެ ގަޔަށް ކުޅުޖެހުމާއި މައްލަވަކުރުމާއި ބިރުދެއްކުން އަދި އެކި މާނާގައި ގޯނާކުރުމަކީ ވެސް -- ތަހުޒީބީ އެމެރިކާގައި ރޯމާދުވާލު ވެސް ހިންގާ ރުޅިވެރިކަމުގެ އަމަލުތަކެކެވެ.