ކުޅިވަރު

ވިމްބަލްޑަން 2023: އަލްކަރާޒް ސެމީއަށް

ދުނިޔޭގެ މިވަގުތު އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ ސްޕޭންގެ ކާލޯސް އަލްކަރާޒް ވިމްބަލްޑަންގެ ސެމީ ފައިނަލަށް ގޮސްފި އެވެ.

ވިމްބަލްޑަންގެ ސެމީ ފައިނަލަށް އުމުރުން އެންމެ 20 އަހަރުގެ އަލްކަރާޒް ދަތުރުކުރި މިއީ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގައި އަލްކަރާޒް ވާދަކުރީ އަލްކަރާޒް އާއި ހަމަ އެއް އުމުރެއްގެ ޑެންމާކްގެ ހޮލްގާ ރޫންއާ އެވެ.

ކުއާޓާ ފައިނަލްގެ މި މެޗް އަލްކަރާޒް ކާމިޔާބް ކުރީ ސީދާ ތިން ސެޓުން ހޮލްގާ ރޫން ބަލިކުރުމަށްފަހު އެވެ. އެއީ 7-6، 6-4، 6-4 އިންނެވެ.

ސެމީ ފައިނަލްގައި އަލްކަރާޒް ވާދަކުރާނީ ތިންވަނަ ސީޑް، ރަޝިއާގެ ޑެނީލް މެދްވެދޭވްއާ އެވެ.

މެދްވެދޭވް ވަނީ މެޗްގެ މެދު ތެރެއިން މައްސަލަ ދިމާވިނަމަވެސް އެނބުރި ގޭމް ތެރެއަށް އައިސް އޭނާގެ ކްލާސް ދައްކައި އެމެރިކާގެ ކްރިސްޓޮފަ ޔޫބޭންކްސް 6-4، 1-6، 4-6، 7-6، 1-6 އިން ބަލިކޮށް ސެމީ އިން ޖާގަ ހޯދާފަ އެވެ.