މޯލްޑިވްސް ޕޮލިސް ސާވިސް

ސިނަމާލެ ބުރިޖަށް އާ ޓްރެފިކް ލައިޓްތަކެއް

ސިނަމާލެ ބުރިޖްގައި ހުރި ޓްރެފިކް ލައިޓްތައް "އެރޯ ޓްރެފިކްލައިޓް" ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިމަސައްކަތް ކުރިއަށްދާތީ މެނުއަލްކޮށް ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ.

ބްރިޖުގެ ޓްރެފިކް ލައިޓްތައް ބަދަލުކުރާތީ ބްރިޖުގައި އެއްގަމު އުޅަނދު ދުއްވާ މީހުން މިކަމަށް ހާއްސަ ސަމާލުކަމެއްދީ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ބްރިޖާއި ހައިވޭގެ ބައެއް ލައިޓްތައް ނުދިއްލާ ހުންނަތާ ދުވަަސްކޮޅެއްވެއްޖެ އެވެ.