ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މުލަކު ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތް ހުޅުވައިފި

މ. މުލަކު ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހުޅުއްވައިދެއްވައިފި އެވެ.

އެމަނިކުފާނު މި އިމާރާތް ހުޅުއްވައި ދެއްވީ، މުލަކަތޮޅުގެ ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެވެ.

މުލަކު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސް ސޯލިހް ވަނީ އެ އިމާރާތާއި މުލަކު ސިއްހީ މަރުކަޒުގެ ހިދުމަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.

މުލަކު ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތުގައި، ޕަބްލިކް ހެލްތު ޔުނިޓަކާއި، ކޮންފަރެންސް ހޯލަކާއި، އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން މެޑިކަލް ކޮންސިއުމަބްލްސް ސްޓޯރެއް ހިމެނެ އެވެ.