އެންސްޕާ

އެންސްޕާ ބަޖެޓް: 78 އިންސައްތަ ބޭނުންކޮށްފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށް މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ 78 އިންސައްތަ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންސްޕާއަށް މިއަހަރަށް ކަނޑައަޅާފައި އޮތް 1.9 ބިލިއަން ރުފިޔާގެ ތެރެއިން މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް 1.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެއީ އެންސްޕާ ބަޖެޓުގެ 78 އިންސައްތަ އެވެ.

އެންސްޕާގެ ބަޖެޓް ހަރަދުކުރެވިގެން ގޮސްފައިވާ ގޮތަށް ބަލާއިރު މިއަހަރު އެންސްޕާއަށް އިތުރު ފައިސާ ބޭނުންވާނެ ކަމަށް ބެލެވެ އެވެ.

ސަޕްލިމެންޓް ބަޖެޓާ އެކު އެންސްޕާގެ ބަޖެޓުގެ ގޮތުގައި މިދިޔަ އަހަރު ކަނޑައެޅީ 2.3 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުވެސް އެންސްޕާ ބަޖެޓުގެ އިތުރަށް 233 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެެވެ.