މޯލްޑިވްސް ޕޮލިސް ސާވިސް

ހަފީޒު ހޮސްޕިޓަލަށް ގެންގޮސްދިން މީހުން ހޯދަނީ

މާލޭގެ މަގުމަތިން ބާރު ސްޕީޑްގައި ދުއްވި ސައިކަލަކުން ޖެހި އަނިޔާވި އަލީ ހަފީޒް ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވެ ދިން މީހުން ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

މިއެކްސިޑެންޓް ހިނގީ އަލީ ހަފީޒް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފަތިސް ނަމާދުކޮށްގެން މަޖީދީ މަގުން ގެއަށް ދަނިކޮށް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންނެވެ.

ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ސައިކަލް ދުއްވަން އިން 22 އަހަރުގެ ޒުވާނާ ވަނީ ހައްޔަރުކޮށްފަ އެވެ.

ހަފީޒަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ އެއާ އެމްބިއުލަންސުގައި އިންޑިއާއަށް ގެންގޮސްފަ އެވެ. އޭނާ އަށް ފަރުވާ ދެނީ ކޮޗިން ހޮސްޕިޓަލް ގައެވެ.

ފުލުހުން މިއަދު ވަނީ ހަފީޒަށް އެހީތެރިވި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.