ހަބަރު

މާލޭގައި ކާރެއް ކޮންޓްރޯލް ގެއްލި އެކްސިޑެންޓް ވެއްޖެ

Oct 7, 2019

މިއަދު ހެނދުނު މާލޭގައި ދުއްވާފައިދިޔަ ޓެކްސީ އެއް ކޮންޓްރޯލް ނުވެގެން ގޮސް ގަހެއްގައި ޖެހި އެކްސިޑެންޓު ވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9.00 ހާއިރު އެ އެކްސިޑެންޓް ހިނގާފައިވަނީ، މަޖީދީމަގުން ދުއްވާފައިދިޔަ ޓެކްސީއެއް ކޮންޓްރޯލް ނުވެގެން ގޮސް ގަހެއްގައި ޖެހުނު ވަގުތު، ފަހަތުން ދުއްވާފައި އައި ސައިކަލެއް އެ ޓެކްސީގައި ޖެހުމުން ކަމަށެވެ.

އެ ހާދިސާގައި ޓެކްސީގެ ފަހަތުގައި އިން މީހާގެ ތުންފަތް ފަޅައިގެން ގޮސްފައިވާކަމަށާއި، އެ މީހާއަށް ފަރުވާދޭން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ. އިތުރު މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އެ އެކްސިޑެންޓްގައި ޓެކްސީ ޑްރައިވަރުގެ އިތުރުން ސައިކަލް ދުއްވަން އިން މީހާ އަތުގައިވެސް ލައިސެންސް އޮތް ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.